ޚަބަރާއި މަޢުލޫމާތު

2015 އޮކްޓޯބަރ 10-24އަށް ބޭއްވުނު "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" ޕްރޮގްރާމް

ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނަށް ހިންގުމުގެ ދާއިރާއިން ހުނަރުއިތުރުކުރުމުގެ ގޮތުން ސިވިލސްސަރވިސް ޓްރެއިނިނގް އިންސްޓިޓުޔުޓާއި ގުޅިގެން 2015 އޮކްޓޯބަރ 10-24 އަށް "މޯޓިވޭޝަން" އަދި "އެމްޕްލޯއީ ރިލޭޝަންސް" އާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އެން.ޑީ.އޭގެ ޓްރެއިނިންގް ހޯލްގައިވަނީ ކުރިއަށް ގެންދެވިފައެވެ.
މި މައުލޫމާތުދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ މަޤްސަދަކީ އެން.ޑީ.އޭ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙްއާލާކުރުމަށާއި މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ އެން.ޑީ.އޭގެ އިތުރުން މާލެސަރަހައްދުގައި ހިމެނޭ ވިލިމާލެ އާއި ހުޅުމާލޭ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯރޓްސަރވިސް ލެވެލްއިން ފެށިގެން މަތީ މުވައްޒަފުންނަށެވެ.މި ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވާފައިވަނީ ސިވިލްސަރވިސް ޓްރޭނިންގް އިންސްޓިޓުޔުޓްގެ އެކްސްޓަރނަލް ލެކްޗަރަރ އަލްފާޟިލާ ޒުލޭޙާ ރީޝާ ރަޝާދެވެ.
މި ޕްރޮގްރާމްތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިއަކީ މަސައްކަތްތަކަށް ލޯހުޅުވިފައިވާ އަދި ޝައުގުވެރިކަން ހުރި މުވައްޒަފެއް އެފެއްދުމެވެ. އަދި މި ޕްރޮގްރާމަށް މިއެޖެންސީގެ ވެރިން އަދި މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި ބައިވެރިވުން ފާހަގަކުރެވިގެންދިޔައެވެ. އެހެން ކަމުން މި ޕްރޮގްރާމް އަކީ ކާމިޔާބު ޕްރޮގްރާމެއްގެގޮތުގައި ފާހަގަކުރެވުނެވެ.