މާލެ
ކޮމިއުނިޓީ ސަރވިސް ސެންޓަރ
ޑިޓޮކްސިފިކޭޝަން، ރެސިޑެންޝަލް ނުވަތަ ހާފްވޭ ހައުސްގެ ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް އާފްޓަރ ކެއަރގެ ޚިދުމަތާއި، އެސެސްމަންޓަށްފަހު ފޮނުވޭ ފަރާތްތަކަށް ކޮމިއުނިޓީ ފަރުވާ ދޭ، މާލޭގައި ހުންނަ މަރުކަޒެކެވެ.
މި މަރުކަޒާ ބެހޭ
ކޮމިއުނިޓީ ސަރވިސް ސެންޓަރަކީ، ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ދެވޭ ފަރުވާ ނުވަތަ ރެސިޑެންޝަލް ފަރުވާ ނުވަތަ ހާފްވޭ ހައުސްގައި ހިންގޭ ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް އާފްޓަރ ކެއަރގެ ޚިދުމަތް ދިނުމާއި، އިންޑިކޭޓިވް އެސެސްމަންޓަށްފަހު ކޮމިއުނިޓީ ފަރުވާއަށް ފޮނުވޭ މީހުންނަށް ބޭނުންވާ ފަރުވާ ދީ މުޖުތަމަޢަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ މަރުކަޒެކެވެ.
ފަރުވާއަށް އާދެވޭގޮތް
- ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރެއް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހާ.
- އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، ކޮމިއުނިޓީ ސަރވިސް ސެންޓަރެއްގެ ފަރުވާ ދިނުމަށް ފެންނަކަމަށް އެސެސްމަންޓުގައި ކަނޑައަޅާފައިވާ މީހުން.
- ރިފަރ ކުރެވޭ ކްލައިންޓުން.
ކޮމިއުނިޓީ ފަރުވާގައި ހިމެނޭ ބައިތައް
- ސޮއިކުރަން ޙާޟިރުވުން.
- ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޓެސްޓުކުރުން.
- ގްރޫޕް ކައުންސެލިންގ އަދި އިންޑިވިޖުއަލް ކައުންސެލިންގ ސެޝަން.
- ދީނީ ކްލާސް، ލައިފް ސްކިލް އަދި ޑްރަގް އެޑިޔުކޭޝަން ކްލާސްތައް.
- އިޖުތިމާޢީ ޚިދުމަތް ފުރިހަމަކުރުން.
ޚިދުމަތް ލިބެން ހުންނަ ގަޑި
08:00 – 14:00
ޚިދުމަތްތައް
- ރެޒިޑެންޝަލް ފަރުވާއަށް ފަހު ކޮމިއުނިޓީ ފަރުވާ
- ޑައިރެކްޓް ކޮމިއުނިޓީ ފަރުވާ
- ކޮމިއުނިޓީ ބޭސިކް 06 މަހުގެ އެކްސްޓެންސިވް ފަރުވާ
- ކޮމިއުނިޓީ އިންޑިވިޖުއަލައިޒްޑް 03 މަހުގެ ފަރުވާ
- ކޮމިއުނިޓީ އިންޑިވިޖުއަލައިޒްޑް 06 މަހުގެ ފަރުވާ
އެޑްރެސް
ގ.ގްރީންގެ، އަލިކިލެގެފާނު މަގު، މާލެ
މާލެ